ރާއްޖޭގައި އެކްސްޗޭންޖް ރޭޓް ފްލޯޓް ކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވިދާޅުވުމަށް، ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބް ސައުދުﷲ އަޙްމަދު ރައްދު ދެއްވައިފިއެވެ.
ސައުދު މިއަދު ވިދާޅުވީ، މިވަގުތު ޑޮލަރުގެ ރޭޓް 17 ރުފިޔާއަށް ހެދުމަކީ ގައުމުގެ އިގުތިސާދު އަނދަވަޅަކަށް ވައްޓާލުން ކަމަށެވެ. އަދި އެހެން އެކަން ކޮށްފިނަމަ އިންފްލޭޝަން މަތިވެ ރައްޔިތުން ނިކަމެތިވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ޑޮލަރު ފްލޯޓް ކުރާވަރުގެ އިގުތިސާދެއް މިގައުމުގައި ނެތް. ފިނޭންސް މިނިސްޓަރު އަމީރު މިގައުމުގެ މާލީ ކަންކަން މެނޭޖު ކުރުމުގައި ވަނީ ނަމޫނާ ދައްކަވާފައި." ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވަމުން ސައުދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ގައުމުގެ އިގުތިސާދީ ކަންކަމަކީ ސިޔާސީ މަންފާއަށްޓަކައި ނާޖާއިރު ފައިދާ އެއިން ނަގަން ހެޔޮވާވަރު ކަމެއް ނޫންކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ފުދުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތް ކުރައްވާ ނަމޫނާ ރައީސެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި މަރަދޫގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މިހާރު ރާއްޖޭގެ ބޭރުފައިސާ ރިޒާވް އޮތީ ކަންބޮޑުވާންޖެހޭ ހާލަތެއްގައި ކަމަށާއި، އެކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރުވެސް ޑޮލަރުގެ އަގަކީ 17 ރުފިޔާ ކަމަށާއި، އެނޫން އަގަކަށް ޑޮލަރު ނުލިބޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން 15.42 ގެ ގޮތުގާ ރޭޓު ކަނޑައަޅައިގެން އަމިއްލަ ނަފްސަށް އޮޅުވާލުމަކީ ބޭކާރުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވުމުން، ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް ހިމެނެއެވެ.
ނަމަވެސް ފަހުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ޑޮލަރުގެ އަގު 17 ރުފިޔާއަށް ހަދަން ވިދާޅުނުވާކަމަށެވެ.

Mivaguthu $ rate 17 ah hedhumakee Qaumuge iguthisaadh adhavalhakah vattaalun.Inflation mathive Rahyithun nikamethi vedhaane.$ float kuraa varu iguthisaadheh adhi mi qaumugai neh.Mof @iameeru mi qaumu maalee manage kurumuge vanee namoonaa dhahkavaafa.Qaumuge ge iguthisaadh
— Saudulla Ahmed (@saudullaahmed1) September 19, 2022
އެމަނިކުފާނު އެފަދައިން ވިދާޅުވުމުން، ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް ހިމެނެއެވެ.
ނަމަވެސް ފަހުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ޑޮލަރުގެ އަގު 17 ރުފިޔާއަށް ހަދަން ވިދާޅުނުވާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު