އިބްރާހިމް ފަހީމް   19 ސެޕްޓެމްބަރު 2022 - 21:34
ބޭރުތެރެއިން އިވޭ އަޑުތަކާ ހިލާފަށް، ރާއްޖޭގެ ސިފައިންގެ ލަސްކަރު އޮތީ ބަދަހިކޮށް ކަމަށް އަސްކަރިއްޔާއިން ރިޓަޔަރ ކުރައްވާފައިވާ ކުރީގެ ސްޓާފް ސަރޖަންޓް އަޙްމަދު ޝާޒް (ތަޖޫ) ވިދާޅުވެއްޖެއެވެ.

ސިފައިންގެ 130 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު އެ ޖަލްސާއިން ފެނިގެން ދިޔަ މަންޒަރުތަކާ ގުޅުވައި ސިފައިންގޭގައި 21 އަހަރު ހިދުމަތް ކުރައްވާފައިވާ ޝާޒް ވިދާޅުވީ، ބޭރުތެރެއިން އިވޭ އަޑުތަކާ ހިލާފަށް އެމްއެންޑީއެފްގެ ލަޝްކަރު އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.

އެގޮތުން ސިފައިންގެ ތެރޭގައި އޮތީ އެކަކު އަނެކަކަށް އިހުތިރާމު ކުރާ މާހައުލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ސިފައިންގެ އައްޑަނަ މަޖައްލާއާއި ހަފްތާނޫސް އައްޑަނަ ނޫހުގެ ސަބްއެޑިޓަރުކަން ވެސް ކުރައްވާފައިވާ، ޝާޒް މިފަދައިން ވިދާޅުވެފައިވާއިރު، ސިފައިންގެ ތެރޭގައި ހިޔާލުތަފާތުވުންތަކާ ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާކަމަށް ބައެއް މީޑިއާތަކުން ދޭތެރެއަކުން އަޑުފަތުރައެވެ.

އެ ފަދަ ވާހަކަތައް މި ފަހަކަށްއައިސް އެންމެ ގިނައިން ގުޅުވަނީ އިންޑިއާއާއިއެކު ސަރުކާރުން ބާއްވާ ގާތް ގުޅުމާއި ގުޅުވައިގެނެވެ.



ކިޔުންތެރިންގެ ހިޔާލު