އިސްލާމް ދީން ކުރި އަރުވައި އިސްލާމް ދީނަށް ޓަކައި އެންމެ ގިނަ ގުނަ މަސައްކަތްތަކެއް ކުރީ އެމްޑީޕީން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިހެން ވިދާޅުވީ ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ މުއްދަތު ކުރު ކުރަން ގޮވާލައި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވީ އެމްޑީޕީ އަކީ ލާދިނީ ޕާޓީ އެއް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށެވެ. އެހެން ނަމަވެސް އިސްލާމްދީން ކުރިއަރުވައި ދީނަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދީފަައިވަނީ އެމްޑީޕީން ކަމަށް ޒަރީރު ވިދާޅުވިއެވެެ.
އެގޮތުން ރާއްޖޭގައި އުފެދުނު ފުރަތަމަ އިސްލާމިކް ޔުނިވާސިޓީ އުފެދުނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ޒަރީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކަންކަން އޮޅުވާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެއީ ފެންނާން ހުރި ހަގީގަތްތަށް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އިސްލާމްދީން ބޭނުންކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ޒަރީރު ވިދާޅުވިއެވެ.
"ފެންނަން ހުރި ކަންތައްތަކުން އަދި ކޮށްފަހުރި ކަންތައްތަކުން ދަލީލު ދައްކަނީ އެމްޑީޕީއަކީ ކަން ހަގީގަތުގައި މި ގައުމުގައި އިސްލާމް ދީން ކުރި އަރުވައި އިސްލާމް ދީނަށް ޓަކައި އެންމެ ގިނަ ގުނަ މަސައްކަތްތަކެއް މިހާތަނަށް މި ރާއްޖޭގެ ތާރިޚުގައި ވެރިކަންކޮށްފައި އޮތް ޕާޓީއަކީ، ކަންކަން ރައްޔިތުންނަށް ސިޔާސީ މަގުސަދެއްގައި ދީން ހަތިޔާރަކަށް ނަގައިގެން އޮޅުވާލައިގެން މަސައްކަތް ކުރިއަސް ފެންނަން މިހުރި ހަގީގަތްތަކުން އަޅުގަނޑުމެންނަށް އެކަމެއް އޮޅުވައެއް ނުލެވޭނެ." ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަރީރު ވިދާޅުވީ ވަށާޖެހޭ ތައުލީމް ތައާރަފް ކޮށް އެއް ދަންފަޅިއަށް ތައުލީމީ ނިޒާމް ބައްޓަންކުރީ އެމްޑީޕީން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އެތަން މިތަނުގައި ސުކޫލުތައް އިމާރަތްކުރީ މި ސަރުކާރުން ކަމަށް ޒަރީރު ވިދާޅުވިއެވެ.
"އެތައް ސަތޭކަ އިމާރަތްތަކެއް މިއަދު ރާއްޖޭގައި އެބަހުރި މަލްޓި ޕާޕަސް ހޯލްތައް އެދަނީ އަޅަމުން، މިއީ މި ރާއްޖޭގެ ތާރިޚުގައި ވެސް ނުދެކޭ ފަދަ ތައުލީމީ ދާއިރާގެ އިންފުރާސްޓަކްޗަރ ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ނުކުރާ ފަދަ މަސައްކަތްތަކެއް." ޒަރީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު