މި އަހަރު ނިމެންވާއިރަށް އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަކީ އަމާޒެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނިއު ޔޯކްގައި އޮތް އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރު ކުރީކޮޅު އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަކީ އަމާޒެއް ކަމަށެވެ. އެގޮތުން ވޮޝިންޓަންގައި އެމްބަސީއެއް ހުޅުވުމަށްޓަކައި އެކަމަށް ބޭނުންވާ ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އެމެރިކާގައި ރާއްޖޭގެ އެމްބަސީ އެއް ހުޅުވިގެންދިޔުމަކީ ވަރަށް ތާރިޚީ ނިންމުމަކަށް ވާނެ ކަމަށެެވެ.
އެމެރިކާގައި އަލުން ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ތައްޔާރުވަމުންދާއިރު އެމެރިކާއިން އަލަށް ރާއްޖެއަށް ސަފީރެއް ކަނޑައަޅަން ވެސް މިހާރުވަނީ ނިންމާފައެވެ.
ރާއްޖޭން އެމެރިކާއަށް ކަނޑައަޅާފަެި ހުންނަވާ ސަފީރަކަށް މިދިޔަ ހަފުތާގައި ވަނީ އަބްދުލްޣަފޫރު މުޙައްމަދު ހަމަޖައްސާފަ އެވެ.
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިހާރު ހުންނަނީ ލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު