އަހުމަދު މަސްނޫމް   19 ސެޕްޓެމްބަރު 2022 - 11:38
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ނުވަތަ ޖައްވީ މިޝަންގެ ނަމަކަށް "އަޒުމް" ކިޔައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަނަކީ އައި.ޖީ.އެސްއާއި އެޗް.ޑީ.ސީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެޗްޑީސީން ބުނީ ރާއްޖޭގެ ޖައްވީ މިޝަނަށް ނަމެއް ހޯދުމަށް މިދިޔަ ޖުލައިމަހު ހުޅުވާލި ފުރުޞަތުގައި 85 މީހުން ނަން ހުށަހަޅާފައިވާކަމަށެވެ.

ހުށައެޅި ނަންތަކުގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ނަން ދީފައި ވަނީ "އަޒުމް"ގެ ނަމުންނެވެ. މި ނަން ހުށައެޅީ ސައުދުﷲ އިދްރީސް ނަމަކަށް ކިޔާ މީހެކެވެ.



ރާއްޖެއިން ކުރިއަށްގެންދާ ސްޕޭސް މިޝަންގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓްކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ. މި ސެޓެލައިޓް ހަދައި، ޓެސްޓުކޮށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ދިވެހި ޒުވާން ޓީމަކުންނެވެ.



ކިޔުންތެރިންގެ ހިޔާލު