ވެލާނާ އިންޓަަނޭޝަލް އެެއާޕޯޓުން ހަތިޔާރާއެކު އެއްވެސް މީހަކު ހައްޔަރުކޮށްފަައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.



ރައީސް ނަޝީދު މިހެން ވިދާޅުވީ ވެލާނާ އިންޓަަނޭޝަލް އެެއާޕޯޓުން ހަތިޔާރާއެކު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެ އެކަން އޮއްބާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެެވެ. ޝިޔާމް އެގޮތަށް ވިދާޅުވީ އެއަރޕޯޓުން ހައްޔަރުކުރި މީހުންގެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމާއި ގުޅިގެން އެކަމާ މެދު ކަންބޮޑުވުން ހިއްސާ ކުރަށްވަމުންނެެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެލާނާ އިންޓަަނޭޝަލް އެެއާޕޯޓުން ބަޔަކު ހައްޔަރުކުރުމުން އެކަން ހިނގާދިޔަ ގޮތް އެމަނިކުފާނު އޮޅުންފިލުއްވި ކަމަށެވެ. އަދި ހަތިޔާރާއެކު އެއްވެސް މީހަކު އެއާޕޯޓުން ހައްޔަރުކޮށްފަައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެއާޕޯޓުން އެއްވެސް މީހަކު ހަތިޔާރާއެކު އަތުލައިގެންފައިވާ ކަމަކަށް ނުވޭ. ތިވިދާޅުވި ބާވަތުގެ އެއްވެސް ކަމެއް، އަޅުގަނޑު މިމައްސަލަ އާއި ގުޅިގެން މައުލޫމާތު ސާފުކުރީމު ތިބާވަތުގެ އެއްވެސް ކަމެއް ހިނގާފައި އޮތް ކަމަކަށް ފާހަގަވެފައެއް ނެތް. އިއްޒަތްތެރި މެމްބަރު ވެސް ކަންކަން ހިނގާފައި އޮތްގޮތް ކަމަށް ވިދާޅުވާއިރު ކޮންމެ ވެސް މިންވަރަކަށް އެއާ ގުޅޭ ހަގީގަތެއް ސާފު ކުރުން އެއީ އަޅުގަނޑު ހިތުން ބޭނުންތެރިކަމެއް." ރަައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމަނިކުފާނުގެ ރާގު ހުރީ އެމައްސަލަ އޮއްބާލަން ސަރުކާރާއި އިންޑިޔާގެ ރާގު ހުރި ގޮތަށް ކަމަށެވެ. ޝިޔާމް ވިދާޅުވީ އެމައްސަލައަކީ ގައުމުގެ ސަލާމަތާއި މުސްތަގުބަލާއި ގުޅިފައިވާ މައްސަލަ އެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ ހަތިޔާރާއެކު އިންޑިޔާގެ ބަޔަކު އެއާޕޯޓުން ހައްޔަރުކުރި ކަމަށާއި އެމައުލޫމާތުތައް ސަރުކާރުން ސިއްރުކޮށް މައްސަލަ އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާ ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން މިތިބީ މިކަމަށް ސަރުކާރުން އެޓެންޑްވާން ނުކުޅެދިފައި މިއޮތީ، ރައްޔިތުންނަށް ކޮން މުސްތަގުބަލެއްތޯ ސެކިއުއަ ކޮށްދެވޭނީ މިކަހަލަ ކަންކަމަށް އެޑްރެސް ނުކެރެވޭ ކަމަަށް ވަނީނަމަ. އަޅުގަނޑުމެންނަކީ މިނިވަން ގައުމެއްގެ ގޮތުގައި ކިހިނެއްތޯ ވާހަކަ ދައްކާނީ، މި އޮށްބޮޑު މައްސަލަ އޮއްބާލައިގެން ސަރުކާރުން މިއުޅެނީ، މިގައުމުގެ ފަތުރުވެރިކަމާއި މިގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި އަވަށްޓެރި ގައުމުތަކާއި ގުޅިފައި އޮތް ކަމެއް. މިމައްސަލައިގައި ސްރީލަންކާގެ ފުލައިޓަކަށް ބޯޑް ކުރަން ތިބި ބައެއް މިމީހުންނަކީ." ޝިޔާމް ވިދާޅުވިއެވެ.



މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިންޑިއާގެ ދެ މީހެކެވެ. ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަތުން ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށެވެ. އަދި އެފަދަ އެއްޗެއް އެމީހުންގެ އަތުން ފެނިފައިވާކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ދެ މީހުން ބަންދާއި މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ކޯޓުން ވަނީ ދިހަ ދުވަސް ޖަހާފައެވެެ.



ކިޔުންތެރިންގެ ހިޔާލު