ސްޓެލްކޯ އިމާރާތް
ސްޓެލްކޯ އިމާރާތް
ކަރަންޓު ބިލްތައް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން ސްޓެލްކޯއިން ނިންމައިފިއެވެ.

ސްޓެލްކޯ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވެންދެން އެ ކުންފުނިން ކަރަންޓު ބިލްތައް ފޮނުވާނީ ކަސްޓަމަރުން ދީފައިވާ މޮބައިލް ނަންބަރުތަކަށް ކަމަށެވެ. އަދި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ބިލްތައް ފޮނުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން މިހާރު ކަސްޓަމަރުންގެ މޯބައިލް ނަންބަރު ނެތް ކަރަންޓު ބިލުތައް އެގެއެއްގެ ގްރައުންޑް ފްލޯރ އަށް ގެންގޮސްދޭނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ. ނަމަވެސް ނަމްބަރު ނުދެއްވާ ހުރިހާ ކަސްޓަމަރުންވެސް އެބޭފުޅުންގެ މައުލޫމާތު އެކުންފުންޏާއި ހިއްސާ ކުރުމަށް ސްޓެލްކޯއިން އެދެއެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށާއި، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ބިލަށް ފައިސާ ދެއްކުމަށް އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

ކޯވިޑް-19 ގެ ސަބަބުން ސަރުކާރުގެ އެކި ކުންފުނިތަކާއި، ބޭންކްތަކާއި، އޮފީސްތަކުން އަންނަނީ އޮންލައިންކޮށް ޚިދުމަތް ހޯދޭނެ ގޮތްތައް ކަސްޓަމަރުންނަށް ފަހިކޮށްދެމުންކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން