ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެ ޕާޓީއަކަށް ނިސްބަތްވާ އެމްޑީޕީއަކީ ރާއްޖެއަށް ތަފާތު އެތަކެއް އިސްލާހީ ބަދަލުތަކެއް ގެނެސްދިން ޕާޓީއެކެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކުން ފެށިގެން މަރުކަޒީ ބާރުތައް ބަހާލައިގެން ހިންގާ ލާމަރުކަޒީ ނިޒާމެއް ރާއްޖެއަށް ތައާރަފްކުރުމުގައި އެމްޑީޕީގެ ދައުރު ބޮޑެވެ. ޓެކްސް ނިޒާމެއް ތައާރަފްކޮށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، އެ އާމްދަނީ ތައުލީމާއި ބޭސް ފަރުވާ ހިލޭ ރައްޔިތުންނަށް ފޯރުކޮށްދޭ އިޖްތިމާއި ރައްކާތެރިކަމުގެ ނިޒާމެއްވެސް ގާއިމްކުރީ އެމްޑީޕީގެ ވެރިކަމުގައެވެ.
މި ބަޔާންކޮށްދިން ކަންކަމަކީ އޭގެ ޒާތުގައި މާބައިވަރު ކޮންގްރީޓުތަކެެއް ބޭނުންކޮށްގެން ގެނައި ތަރައްގީއެއް ނޫނެވެ. ނަމަވެސް އެއީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ނަޒަރުގައި ހަގީގީ މާނައިގައި ގައުމެއް ތަރައްގީކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައިވެސް އެންމެ ބޮޑަށް އިސްކަން ދެއްވާ ތަން ފެންނަނީ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފަައިވާ އަދި ރައްޔިތުންނަށް އެންމެ މުހިއްމު ކަންކަމަށް ޖުމްލަ ހައްލެއް ގެނެސްދެއްވުމަށެވެ.
މިގޮތުން ދަތުރުފަތުރުކުރުމުގެ ދަތިކަމަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ކޮންމެ ރަށަކަށް ނުވަތަ ސިޓީއަކަށް ބަލާލިނަމަވެސް އޮތް މައްސަލައެކެވެ. ސިޓީ ނުވަތަ ރަށުގެ އެއް ހިސާބުން އަނެއް ހިސާބަށް ދިއުމަށް ނޫނީ، އެއް ރަށުން އަނެއް ރަށަށް އަދި އެއް އަތޮޅުން އަނެއް އަތޮޅަށް ދަތުރުފަތުރުކުރުމަކީ ފަސޭހަކަމެއް ނޫނެވެ.
ރާއްޖޭގައި އޮތް ދަތުރުފަތުރުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަސައްކަތް ފެއްޓެވީ އެ ހުރިހާ މައްސަލައަކަށް ވަށާޖެހޭ ހައްލެއް ގެނެސްދެއްވުމަށެވެ. މިހާރުވެސް ދެމުންދާ ހިދުމަތްތަކާއެކު މުޅި ރާއްޖެ ދަތުރުފަތުރުކުރުމުގެ އެއް ވިއުގައަކުން ގުޅާލުމަަށެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވައިގެން ފެށި އެ މަސައްކަތުގެ ދަށުން އާރުޓީއެލް ފެރީއާއި ބަހުގެ ހިދުމަތް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފަށާފައެވެ. އުތުރުގެ ރަށްތަކުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތް މިހާތަނަށް ބައި ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ހޯދާފައެވެ. އަދި މާލެ ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތް ކޮންމެ ދުވަހަކު 10 ހާހާއި ގާތްކުރާ އަދަދަކަށް މީހުން ހޯދައެެވެ. މީގެއިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން، އަދި ލ. އިސްދޫ ކަލައިދޫގައިވެސް މިނީ ބަހުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
މިނީ ބަހުގެ އިތުރުން އެމްޓީސީސީން ދަނީ މާލެއާއި ހުޅުމާލޭ އަދި ހުޅުލެއަށްވެސް ބަހުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ހުޅުމާލޭ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ނުވަތަ ފުަރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދިއުމަށްވެސް އާރުޓީއެލް ނިޒާމުގެ ތެރެއިން ދަނީ ބަހުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
މިކަންކަމަކީ ބައެއް މީހުން ބުނާފަދަ ކޮންގްރީޓު ތަރައްގީއަކަށް ނުވިނަމަވެސް، މިކަމުގެ ސަބަބުން ފައިދާ އާއި މަންފާ ކުރާ ރައްޔިތުންގެ އަދަދު، ކޮންގްރީޓުން ގެންނަ ތަރައްގީއިން ފައިދާކުރާ ރައްޔިތުންނަށްވުރެ އެތައް ގުނައެއް އިތުރުވާނެކަން ކަށަވަރެވެ.
ތަކުލީފު ބޮޑު، ހަރަދު ބޮޑު ދަތުރުތަކުގެ ސަބަބުން ހަގީގަތުގައި މިއޮތްހާ ދުވަހު ދަތުރުފަތުރުކުރުމަކީ ގިނަ ރައްޔިތުންނަށް އަތްފޯރާ ފަށުގައި އޮތް ކަމެއް ނޫނެވެ. ޓެކްސީއެއް ހޯދުން ނުވަތަ އެއް ރަށުން އަނެއް ރަށަށް ދާން ދޯންޏެއް ނޫނީ ލޯންޗެެއް ހޯދުމަކީ ފަސޭހަކަމެެއް ނޫނެވެ. ނަމަވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތައާރަފްކުރި އާރުޓީއެލްގެ ހިދުމަތާއެކު އަތުގައި އޮންނަ ފޯނުން ދަތުރުތައް ހަމަޖައްސާލައި، ހާހުން ސަތޭކައިން ކުރި ދަތުރުތައް މަދު ރުފިޔާކޮޅަކަށް މިއަދު ކޮށްލެވެއެވެ. ރައީސް ސާލިހު ވިދާޅުވި ފަދައިން ހައްދާ ތަރުކާރީ ކޮޅު ކުނި ނުވަނީސް މަންޒިލަށް ފޯރުކޮށްދެވެއެވެ.
ރައީސް ސާލިހު ވިދާޅުވެފައިވަނީ ތަރައްގީއަކީ އިންސާނާގެ ވިސްނުމާއި ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެއްކަމަށެވެ. އެހެންކަމުން ތަރައްގީއަކީ ހަމައެކަނި މުޖުތަމައަކަށް އަންނަ އުމްރާނީ ބަދަލުތައް ނޫން ކަމަށާއި މުޖްތަމައެއް ތަރައްގީކުރަން ބޭނުންވާނަމަ ތަރައްގީކުރަންޖެހޭނީ އިންސާނާގެ ވިސްނުންކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
"އެހެންވީމާ ގައުމު ތަރައްގީވާން ބޭނުން ނަމަ އެންމެ ފުރަތަމަ ތަރައްގީކޮށްދޭން ޖެހޭނީ އިންސާނާގެ ވިސްނުން. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ޒައާމަތުގެ ދަށުން ދަނީ މިފަދަ އެތައް ކަމެއް ކުރަމުންނެވެ. ހިލޭ ޑިގްރީއަށް 15 ހާހަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމާއި ވިހެއުމާއި ގުޅިގެން މައިންނަށް ދޭ 6 މަހުގެ ޗުއްޓީއާއި، ދަރިވަރުންނަށް ހެނދުނުގެ ނާސްތާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތާއި އަދި މި ނޫންވެސް ކިތަންމެ މަސައްކަތްތަކެއް އެބަހުއްޓެވެ. މިކަންކަން ތަންފީޒުކޮށް ނަތީޖާ ހާސިލުކުރުމަށް ލޯމައްޗަށް ދައްކަން ކޮންގްރީޓުން މާބޮޑު މަސައްކަތްތަކެއް ނުކުރިނަމަވެސް މިއީ ހައްތަހާވެސް މުޖްތަމައުގެ ތަރައްގީއާ ގުޅިފައިވާ މުހިއްމު މަސައްކަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު