ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ދަތިކަމުގެ ތެރެއިން ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ގައުމު ބިނާ ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވާ ސައުދު ރޭ ވަނީ، އެ ރަށުގައި ޕާޓީގެ ހަރަކާތްތައް ފުޅާކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރު ވުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

އެ ބައްދަލުވުމަށްފަހު ސައުދު މިއަދު ވިދާޅުވީ، ރައީސް ޞާލިޙްގެ ލީޑަރޝިޕްގައި ދިވެހި ގައުމު ކޮވިޑު19އިގެ ބަލިމަޑުކަމުން އަރައިގަނެ، ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ އިގުތިސާދީ ދަތިކަމުގެ ތެރެއިން ވެސް ގައުމު މިދަނީ ބިނާ ކުރެވެމުން ކަމަށެވެ.



ސައުދަކީ ރައީސް ޞާލިޙްގެ މި ސަރުކާރަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އެގޮތުން، ހާއްސަކޮށް ލާމަރުކަޒީ ނިޒާމު ފައްކާކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކަށް މީގެ ކުރިންވެސް ސައުދު ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައިވެއެވެ.

އަމިއްލަ ގޮތުން ވާދަކުރަށްވައި 19 ވަނަ މަޖިލީހަށް އިންތިހާބުވެ ވަޑައިގެން ގިނަ ދުވަސްތަކެއް އެގޮތުގައި ހޭދަ ކުރެއްވުމަށްފަހު، ސައުދު އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ މި އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު