ގ. ޒަމާނީ މަންޒިލްގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިރޭ ބުނީ، މިއަދު ހިނގި އެ ހާދިސާގައި ޒަމާނީމަންޒިލްގޭގެ 3 އަދި 4 ވަނަ ފަންގިފިލާއަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށްޓަކައި، އެ ފަންގިފިލާތަކުގައި ދިރިއުޅުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން މިހާރު ހަމަޖައްސައިދީފައިވާނޭ ކަމަށެވެ.
ގ. ޒަމާނީ މަންޒިލްގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 14:45 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުން ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލެވުނީ މިއަދުގެ 15:13 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާއަކީ އެ އިމާރާތުގެ 4 ވަނަ ފަންގިފިލާއިން 3 ވަނަ ފަންގިފިލާއަށް ގުޅާފައިހުރި އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައިހުރި އިލެކްޓްރިކް ސަރކެޓް ބޯޑެއްގައި ރޯވެގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށެވެ.
މި އަލިފާނުގެ ހާދިސާގައި އެ ކޭބަލްތަކާއި، އިލެކްޓްރިކް ސަރކެޓް ބޯޑަށާއި އަދި އިމާރާތަށް އެކިވަރުގެ ގެއްލުންވުން ފިޔަވައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ޒަމާނީ މަންޒިލްގޭގައި އަލިފާން ރޯވެ އެގޭގެ 3 އަދި 4 ވަނަ ފަންގިފިލާއަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް އެ ފަންގިފިލާތަކުގައި ދިރިއުޅުނު ފަރާތަްތަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސަވައިދެވިފައި pic.twitter.com/XhnYMgSCMU
— NDMA Maldives (@NDMAmv) September 18, 2022
އެމްއެންޑީއެފުން ބުނީ، މި ހާދިސާއަކީ އެ އިމާރާތުގެ 4 ވަނަ ފަންގިފިލާއިން 3 ވަނަ ފަންގިފިލާއަށް ގުޅާފައިހުރި އިލެކްޓްރިކް ކޭބަލްތަކަކާއި އެ ކޭބަލްތައް ގުޅާފައިހުރި އިލެކްޓްރިކް ސަރކެޓް ބޯޑެއްގައި ރޯވެގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށެވެ.
މި އަލިފާނުގެ ހާދިސާގައި އެ ކޭބަލްތަކާއި، އިލެކްޓްރިކް ސަރކެޓް ބޯޑަށާއި އަދި އިމާރާތަށް އެކިވަރުގެ ގެއްލުންވުން ފިޔަވައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު