އިބްރާހިމް ފަހީމް   18 ސެޕްޓެމްބަރު 2022 - 21:33
އޯކިޑުމަގުގެ ޕާކިން ނަގައި މ. ސްޓާލިން، ލާމިގޭގައި އާ ޕާކިން ޒޯނެއް ހަދައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދުން ފެށިގެން އޯކިޑްމަގު ޕާކިން ނަގާ ލާމިގޭގައި ތަރައްގީ ކުރި ޕާކިން ޒޯންގައި ޕާކު ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައި ކަމަށާއި މި ފަހަރު ހެދި ޕާކިން ޒޯންގައި 50 ސައިކަލާއި 10 ކާރަށް ޕާކު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށެވެ.

އަލަށް ހެދި މި ޕާކިން ޒޯނަކީ ވެސް ސަރުކާރުން ފަށާފައިވާ މިނީ ބަހުގެ ހިދުމަތަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ތަރައްގީ ކުރި ޕާކިން ޒޯނެއްކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އިތުރު ޕާކިން ޒޯންތައް ހަދަން ވެސް ސަރުކާރުން މަގު ފަހިކޮށްދީފިނަމަ އިތުރު ސަރަހައްދުތަކުން ޕާކިން ނަގާ، އިތުރު ޒޯންތައް ތަރައްގީ ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.



މިނީބަހުގެ ހިދުމަތް ފެށުމަށްޓަކައި މީގެ ދެ ހަފްތާކުރިން މާލޭގެ މަޖީދީމަގުގައި ޕާކު ނުކުރެވޭގޮތަށް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އޭގެ ބަދަލުގައި އަމީނީ މަގުގައި ހަދާފައިވާ ޕާކިން ޒޯނަކީ މީގެ ކުރިން އެ މަގުގައި ޕާކު ކުރުމަށް އޮންނަ ޖާގައަށް ވުރެ އިތުރަށް ޕާކުކުރެވޭނެ ބޮޑު ޒޯނެކެވެ. އެގޮތުން އެތަނުގައި 335 ސައިކަލު މިހާރު ޕާކު ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު