ރާއްޖޭގެ ރަށްތަކުގައި ފެރީގެ ނިޒާމެއް ނެތްއިރު ރައްޔިތުން ރަށްރަށުގައި ތިބީ "ޖަލުތަކެއްގައި" ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރަށްރަށުގައި ސްޕީޑްފެރީ ނުވަތަ ދޯނި ފެރީ ނެޓްވޯކެއް ގާއިމު ނުކުރާއިރު ރާއްޖޭގެ ރަށްތަކަކީ ޖަލުތަކެއް ކަހަލަ ތަންތަން ކަމަށެވެ. އެގޮތުން އޭރު ރައްޔިތުން ތިބީ، ބަލިވީމަ ޑޮކްޓަރަށް ނުދެއްކިފައި ކަމަށާއި އަދި ޑޮކްޓަރަށް ދެއްކިއްޖެނަމަ ބޭސްކޮޅު ވެސް ނުލިބި ރަށު ބަންދެއްގައި ކަމަށެވެ.
އާޒިމް ވިދާޅުވީ، އޭރު އެހެން ވީނަމަވެސް، މިހާރު ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމުވެގެން ގޮސްފައި މިވަނީ، ރައްޔިތުންނަށް ކަމެއް ކޮށްދެއްވަން ބޭނުންފުޅުވާ ވެރިޔަކު ހުރީމަ ކަމަށެވެ.
".. ނަމަވެސް މިއަދު ލުއިފަސޭހަވެގެން މިދިޔައީ ގައިމުވެސް ގައުމު ހިންގަން ހުރި ވެރިއަކު މިކަންތައްތައް ކޮށްދޭ ހިތުން ނުނިދާ ހުންނަވާތީ." ރައީސް ޞާލިޙްގެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވަމުން އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ފެށި، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން ފަށާފައިވާ ދަތުރުފަތުރުގެ މަސައްކަތްތަކަކީ، ވޭތުވެދިޔަ ކުރު މުއްދަތުގައި ރައީސް ޞާލިޙްގެ އިރުޝާދާއިއެކު ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެ ނިޒާމުގެ ސަބަބުން މިއަދު ރައްޔިތުން ބޭނުންތަނަކަށް ފަސޭހަކަމާއެކު އައިސް ގޮސް ހެދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު