ބަސް ދަތުރުގެ ހިދުމަތް އިތުރު 2 ހަފްތާއަށް ހިލޭ ދިނުމަށް އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ މާލޭގައި ދުއްވާ މިނީ ބަސްތަކުގެ ދަތުރުތައް އިތުރު ދެ ހަފުތާ ހިލޭ ކޮށްދޭ ގޮތަށް ހަމަޖެއްސީ، ބަސް ދަތުރުތަކުގެ ރޫޓުތަކަށް އާންމުން އަހުލުވެރިކުރުވުމަށާއި ދަތުރުތަކަށް ހޭނުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ.
އެމްޓީސީސީން މި މަހުގެ 5ގައި ބަސް ދަތުރުތައް ފެށިއިރު ނިންމާފައި އޮތީ 2 ހަފުތާއަށް ފަހު ބަސް ދަތުރުން އަގު ނަގާ ގޮތަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން އޮތީ ބަސް ދަތުރުން އަގު ނަގާ ގޮތަށެވެ.
މާލޭ ބަސް ދަތުރަކަށް ނަގަން ހަމަޖައްސައިފައިވާ އަގަކީ 7ރ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ ެެ އަގު ބޮޑުކަމުގެ ޝަކުވާކުރަމުންނެވެ.
ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން ދަންވަރު 12:15 އަށް 3 ރޫޓަކަށް މާލޭގައި ބަސް ދަތުރުކުރާއިރު، 40 ބަސްހުއްޓި ވަނީ ހަދައިފައެވެ. އެ އިން ކޮންމެ ސަރަހައްދަކަށް ވެސް 10 މިނިޓާއި 15 މިނިޓާ ދެމެދު ބަސް ދަތުރުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު