ޝަރޫ ލޯންޗް ސަރވިސަސްއިން ފެނަކަ ކޯޕަރޭޝަނަށް 17 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ހައިކޯޓުން ހުކުމްކުރީ ރަނގަޅަށްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ފެނަކައަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން އެ ކުންފުނިން ޝަރޫއަށް 17.8 މިލިއަން ރުފިޔާ ދެއްކިޔަސް، އެ ފައިސާ ފެނަކައަށް ދީފައިނުވާތީ އަނބުރާ ފައިސާ ހޯދުމަށް ފެނަކައިން ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.
ފެނަކައިން ޝަރޫ ލޯންޗުގެ ފަރާތުން 17 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކުރީ، އެއް މިލިއަން ޑޮލަރު ގަތުމަށް ފެނަކަ ކޯޕަރޭޝަނުން ޝަރޫ ލޯންޗް ސާވިސްއަށް 17 މިލިއަން ރުފިޔާ ހަވާލުކުރިއިރު، ފެނަކައަށް ޑޮލަރު ގަންނަން ޝަރޫއަށް ފައިސާ ދިނުމުން ދިން ޑޮލަރު ޗެކްތައް ބައުންސްވެފައިވާތީއެވެ. މިމައްސަލައިގައި 2017 ވަނަ އަހަރުގެ އޮގަސްޓްމަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މި ފައިސާ ހަތަރު މަސް ތެރޭގައި ދެއްކުމަށެވެ.
އެ މައްސަލަ ޝަރޫއިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވެސް ބުނެފައިވަނީ ޝަރޫ ލޯންޗް ސަރވިސަސްއަށް 17 މިލިއަން ރުފިޔާ ފެނަކައިން ދިން ކަމަށާއި، އަދި ޝަރޫއިން ފެނަކައަށް ދޫކުރިި ޑޮލަރު ޗެކުތައް ބައުންސްވުމާ ގުޅިގެން އެ ފައިސާ ލިބިފައިނުވާ ކަމަށެވެ. އަދި އެކަމާ މެދު ދެ ފަރާތުގެ ދެމެދުގައި އެއްވެސް ސުވާލެއް ނެތް ކަމަށާއި އެ ފައިސާ އަކީ ޝަރޫއިން ފެނަކައަށް އަނބުރާ ދައްކަން ޖެހޭ ފައިސާކަމަށް ހައި ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައިވެސް ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. އަދި ހައިކޯޓުގެ ގަޒިއްޔާގައި ހިމެނޭ ފައިސާއަށް ޝަރޫ ލޯންޗް ސާވިސް ކުންފުންޏާއި އެ ކުންފުނީގެ ޑިރެކްޓަރުން ވަކިވަކިން އަދި އެކުގައި ޝަހުސީގޮތުން ޒިންމާވާންޖެހޭނެކަަމަށް ހައިކޯޓުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށްކަމަށްވެސް ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު