އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މީހާ ފުލުހުން ދޫކޮށްލައިފިއެވެ.
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް މިދިޔަ ހުކުރު ދުވަހު ބޮޑުކަމު ގޮސްފައިވަނީ 40 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުކުރީ އެއް ދުވަހަށްކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު މިއަދު ހަމަވުމާއެކު އޭނާ ބަންދުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި އެ މައްސަލަ ތަހުގީގުކުރާކަމަކަށްވެސް ފުލުހުން ނުބުނެ އެވެ. މީގެއިތުރުން އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުނުކުރި ސަބަބެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު