ބަންގުލަދޭޝް ޒުވާނެެއް ކަަމަށްވާ އަލަމްގިރާއެކުގައި އެއް ޖިންސުން ގުޅުން ހިންގި ކަމަށް ކުރިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުވެސް އިއުތިރާފްވެއްޖެއެެވެ.
ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައި ހުރި އަބްދުއްރަހްމާން ރަފީއު އާންމުކުރި ބަޔާނެއްގައި ބުނީ އޭނާގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ޖިންސީގުޅުން ހިންގިކަމުގެ ދައުވާއަށް އިއުތިރާފްވާކަމަށެވެ. އަދި ކުށް ކުރެވުނީތީ ރައްޔިތުންގެ ކިބައިން އޭނާ ވަނީ މައާފަށް ވެސް އެދިފައެވެ. ގާނޫނުލްއުގޫބާތުގައި ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން، އޭނާ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބުގެ އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ ދަށްވާނެ ކަމަށް ބުނެފައިވެއެވެ.
އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި، އަލަމްގިރި މައްޗަށް ކުށް ސާބިތުވެ ޖަލަށް ލުމަށް މީގެ ކުރިން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން އެމައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހު ގޭ ބަންދު ކުރުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނާޒިމް ވެސް ވަނީ ކުށައް އިއުތިރާފުވެ ރައްޔިތުންގެ ކިބައިން މާފަށް އެދިފައެެވެ. މާފަށް އެދުމަށްފަހު ނާޒިމް ބުނީ ދައުވާ ކުރުމުގެ ކުރިން މާފަށް ނޭދެވުނީ ކުރިކަމަށް ބުނާ ކުށުގެ އުންސުރުތައް އޭރު ފުރިހަމައަށް ނޭނގޭތީ ކަމަށެވެ. އެހެންވެ އެއީ ދައުވާގެ ކުރިންވީ އިއުތިރާފެއްކަމަށް ބަލައި އަދަބުން ދެ ދަރަޖަ ލުއިކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.
އަލަމްގިރި މައްސަލައިގައި ހިމެނޭ އެންމެންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ ގާނޫނުލްއުގުބާތުގެ ދަށުންނެވެެ. އަލަމްގިރި ވަނީ ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް އެތައް ބަޔަކާއި އެކު ޖިންސީ ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯ ކޮށްފައެވެެ.

ކިޔުންތެރިންގެ ހިޔާލު