ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަގަށް ގެންދިޔަ ވެހިކަލެއް ހޯދައިފިއެވެ.

ފުލުހުން ބުނީ މި ވެހިކަލް ގެންގޮސްފައިވަނީ އެއާޕޯޓުގެ ޕާކިން އޭރިއާގައި އެ ވެހިކަލް ތަޅުދަނޑި ޖަހާފައި އޮއްވާ ކަމަށެވެ. އަދި އެ ވެހިކަލް ގެންގޮސްފައިވަނީ ކާކުކަން ނޭނގޭ ބަޔަކުކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ވެހިކަލް ހުޅުމާލޭގައި ބާއްވާފައި އޮއްވާ ހޯދާފައިވާކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން ބަޔަކު ހައްޔަރުކުރިކަމެއް ނޭނގެއެވެ.



ކިޔުންތެރިންގެ ހިޔާލު