ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ޑަޔަލޮގް މެމްބަރުކަން ދިވެހިރާއްޖެއަށް ދިނުމަށް ނިންމައިފި އެވެ.
އެސްސީއޯގެ ޑަޔަލޮގް މެމްބަރެއްގެ ދަރަޖަ ރާއްޖެއަށް ދޭން ނިއްމާފައިވަނީ މިދިޔަ ޖުލައި މަހު ބޭއްވި އެ ޖަމިއްޔާގެ މެމްބަރު ގައުމުގެ ތަކުގެ ހާރިޖީ ވެރިންގެ ބައްދަލުވުމުގަ އެވެ.
އެ ނިންމުން މިދިޔަ ހުކުރު ދުވަހު ބޭއްވި އެސްސީއޯގެ މެމްބަރު ގައުމު ތަކުގެ ވެރިންގެ ސަމިޓުގައި ވަނީ ފާސްކޮށްފަ އެވެ.
ޝެންގްހާއި ކޯޕަރޭޝަން އޮގަނައިޒޭޝަނަކީ ޗައިނާ، ކަޒަގިސްތާން، ކިރިގިސްތާން، ރަޝިއާ، ތަޖިކިސްތާން، ޕާކިސްތާން އަދި އީރާން ބައިވެރިވާ ސަރަހައްދީ ޖަމާއަތެކެވެ.
އެސްސީއޯގެ ޑަޔަލޮގް މެމްބަރުންނަކީ، އެ ޖަމިއްޔާގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވަޅެވެ. މިހާރުވެސް އެ ޖަމިއްޔާގެ ޑަޔަލޮގް މެމްބަރުން ނުވަތަ އޮބްޒާވަރުންގެ ގޮތުގައި ބައެއް ގައުމުތައް ވަނީ ހަމަޖައްސާފައެެވެ.

ކިޔުންތެރިންގެ ހިޔާލު