ފޮރިން މިނިސްޓްރީގައި ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު އަދާކުރެއްވި މުޙައްމަދު އަޙްމަދު އަވަހާރަވެއްޖެއެވެ.

ޢުމުރުފުޅުން 72 އަހަރުގައި އަވަހާރަވި މުހައްމަދު އަހުމަދުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.



މުޙައްމަދު އަޙްމަދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު ފުރުއްވައި ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.



މީގެއިތުރުބް މުޙައްމަދު އަޙްމަދު ވަނީ އިމިގްރޭޝަން ޑިޕާޓްމެންޓާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެވަވަޑައިގެން ޚިދުމަތް ކުރައްވާފައެވެ.

މުޙައްމަދު އަޙްމަދު އަވަހާރަވުމާއި ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ އަހުމަދު މުހައްމަދަކީ ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު