އަހުމަދު މަސްނޫމް   18 ސެޕްޓެމްބަރު 2022 - 10:41
އއ. މާޅޮހު ބަނދަރުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މާޅޮހުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 5ވަނަ ދުވަހުއެވެ. އެމްޓީސީސީން މިއަދު ބުނީ މާޅޮހު ބަނދަރުގެ މަސައްކަތުގެ ތެރެއިން މިހާރު 65 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރުނިމިފައިވާކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.



މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފަައެވެ. އަދި 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަަމަށް އެމްޓީސީސީ އިން ހާމަކުރެއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 56.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު