މާލޭގައި ތައާރަފްކޮށްފައިވާ މިނީ ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބަހުގެ ހިދުމަތް ފެށީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ 2 ހަފްތާ އަޖުމަ ބެލުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް އަގެއް ނުނަގައެވެ.
މާދަމާއިން ފެށިގެން މިނީ ބަހުގެ ހިދުމަތަށް އަގު ނަގަން ހަމަޖެހިފައިވާއިރު، ޓިކެޓަކަށް ނަގަނީ 7 ރުދިޔާއެވެ. މިއީ ޓެކްސީއިން ނަގާ 40 ރުފިޔާއާ އަޅާބަލާއިރު ވަރަށް ކުޑަ އަގެކެވެ.
ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމުގައި ފަސޭހަ ގޮތްތައް އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އާރްޓީއެލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ. މިޚިދުމަތް އަލަށް ހޯދާއިރު ޚިދުމަތަށް ރަޖިސްޓްރީކުރަން ޖެހޭނެއެވެ. އެ ލޮގިން، ސޭވްކޮށްލުމުން ދެން އާ ލޮގިންއެއް ހަދާކަށް ނުޖެހޭނެއެވެ.
ޓިކެޓް ނަގާއިރު، އެމީހަކު ބަހުގައި ދަތުރުކުރާ ރޫޓާއި، ޓިކެޓް ނަގާ އަދަދު ޚިޔާރުކޮށް، ބޭންކް ކާރޑް މަޢުލޫމާތާއި އީ.މެއިލް އެޑްރެސްއެއް ޖެހުމުން ފައިސާ ދައްކާ ޓިކެޓް ނެގޭނެއެވެ. މި ޚިދުމަތުގައި ފައިސާ ދައްކާ ކާޑުގެ މަޢުލޫމާތުވެސް ސޭވް ކުރެވޭނެއެވެ.
ފައިސާ ދެއްކުމުން ޓިކެޓް ފެންނާނެއެވެ. ނަގާ ޓިކެޓް 7 ދުވަހުގެ މުއްދަތައް ބޭންވޭނެއެވެ. ބަހަށް އަރާ ޓިކެޓްގެ ކިއު.އާރް ކޯޑް ސްކޭންކޮށްލުމުން ބަހަށް ފައިސާ ދެއްކުނީއެވެ.
މިނީ ބަހުގެ ހިދުމަތް ރާއްޖޭގައި ފަށާފައިވާތާ 2 ހަފްތާއެއްހާ ދުވަސްވެފައިވާއިރު، 10 ހާހަަށްވުރެ ގިނަ މީހުން އެ ހިދުމަތް ކޮންމެ ދުވަހަކު ހޯދައެވެ.

ކިޔުންތެރިންގެ ހިޔާލު