އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދާތީ ކ. ގިރިފުށީ ކައިރިން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ތަމްރީނުތައް ފަށާނީ މިމަހުގެ 20 ވާ އަންގާރަ ދުވަހު އެވެ. މި ތަމްރީނުތައް ތިން ދުވަހަށް ކުރިއަށްދާނެ ކަަމަށް އެމްއެންޑީއެފުން ބުނެއެވެ. އެގޮތުން އަންނަ އަންގާރަ ދުވަހުން ފެށިގެން 22ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:30 އިން 22:30 އަށް އެ ތަމްރީނުތައް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެެވެ.

އެމްއެންޑީއެފުން ބުނީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އަންގާފައިވަނީ، މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ތަމްރީނުތަކުގައި ބޭނުންކުރާނީ އޭކޭ ސީރީޒް ރައިފަލް ހަތިޔާރު ކަމަށެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 1300 މީޓަރު ކަމަށާއި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީލެވެލްކަމަށާއި ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ގިރިފުށީ ރޭންޖުން ހުޅަނގު ދެކުނު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު