އިބްރާހިމް ފަހީމް   18 ސެޕްޓެމްބަރު 2022 - 6:53
އައްޝައިޚް އާދަމް ނަސީމް (ބީއޭ ނަސީމް) މިއަދު އަވަހާރަ ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައިހް ނަސީމް އަވަހާރަވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ނަސީމަކީ ދީނީ ކަންކަމުގައި ގިނަގުނަ ހިދުމަތްތަކެއް ރާއްޖެއަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެއްވި މަސައްކަތުގެ އިތުރުން، އޭނާއަކީ، އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭގެ ފަހުން އެމްޑީޕީން ވަކިވެވަޑައިގެން އަދާލަތު ޕާޓީގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ.

ޝައިހް ނަސީމަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން އެންމެ ފުރަތަމަ ގްރެޖުއޭޓްވި ދިވެހިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު