ވިލާ ކޮލެޖުން ތަފާތު 15 ކޯހެއް ނިންމާ 541 ދަރިވަރުން ސަނަދު ހާސިލު ކޮށްފިއެވެ.
މިއަދާއި މިރޭ ވިލާކޮލެޖުން ވަނީ ދަސްވެނިވުމުގެ ރަސްމިއްޔާތުތައް ބާއްވާ ދަރިވަރުންނާ ސަނަދު ހަވާލުކޮށްފައެވެ.
ވިލާ ކޮލެޖުން މައުލޫމާތު ދިން ގޮތުގައި، މާދަމާވެސް ދަސްވެނިވުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހައިއެޗީވާސް އެވޯޑް ދިނުމަށް އަންގާރަ ދުވަހުވެސް ރަސްމިއްޔާތެއް ބާއްވާނެއެވެ.
މިއަދު ކުރިއަށް ގެންދިޔަ ދަސްވެނިވުމުގެ ހަފުލާތަކުގައި ސަނަދު ހަވާލު ކޮށްފައިވަނީ، ޔުނިވަސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑްގެ އެކި ޕްރޮގްރާމްތައް ފުރިހަމަކުރި 541 ދަރިވަރުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވީ މާދަމާ އޮންނަ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ކޯސްތައް ނިންމި އިތުރު 319 ދަރިވަރުންނަށް ސަނަދު ހަވާލު ކުރާނެ ކަމަށެވެ. އެއާއެކު ވިލާކޮލެޖުން ގުރެޖްއޭޓްވި ދަރިވަރުންގެ އަދަދު 15،000 އަށްވުރެ އިތުރުވެގެންދާނެ ކަމަށް ވައިސް ރެކްޓަރ ވިދާޅުވިއެވެ.
ވިލާ ކޮލެޖަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެންމެ ދުވަސްވީ އެއް ޕްރައިވެޓް ކޮލެޖެވެ. އެ ކޮލެޖުން ކޮންމެ އަހަރަކު އެތައް ސަތޭކަ ދަރިވަރުންނެއް ދުނިޔޭގެ ފެންވަރުގެ ކޯސްތަކުގައި ދަސްވެނިވެއެވެ.

"The 541 UWE graduates are in addition to the 319 students who will be graduating from VC programmes tomorrow. This will create an alumni network of 15,000+ graduates” - Dr. Ali Najeeb, Vice Rector @a_najyb #vcgrad #uwe pic.twitter.com/vD5Ai5ROYS
— Villa College (@VillaCollegeMv) September 17, 2022
މިއަދުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވީ މާދަމާ އޮންނަ ރަސްމިއްޔާތުގައި އެ ކޮލެޖުގެ ކޯސްތައް ނިންމި އިތުރު 319 ދަރިވަރުންނަށް ސަނަދު ހަވާލު ކުރާނެ ކަމަށެވެ. އެއާއެކު ވިލާކޮލެޖުން ގުރެޖްއޭޓްވި ދަރިވަރުންގެ އަދަދު 15،000 އަށްވުރެ އިތުރުވެގެންދާނެ ކަމަށް ވައިސް ރެކްޓަރ ވިދާޅުވިއެވެ.
ވިލާ ކޮލެޖަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެންމެ ދުވަސްވީ އެއް ޕްރައިވެޓް ކޮލެޖެވެ. އެ ކޮލެޖުން ކޮންމެ އަހަރަކު އެތައް ސަތޭކަ ދަރިވަރުންނެއް ދުނިޔޭގެ ފެންވަރުގެ ކޯސްތަކުގައި ދަސްވެނިވެއެވެ.
ކިޔުންތެރިންގެ ހިޔާލު