ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓުގައި މިހާރު ތިބި މެންބަރުން އެހެން ޕާޓީތަކަށް ނުދިޔުމަށް، އެ ޕާޓީން އެދިއްޖެއެވެ.

އެމްއާރްއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް އެ ޕާޓީގެ މެންބަރުން އެކި ޕާޓީތަކަށް ބަދަލުވަމުން ދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

އެގޮތުން، އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް ވަގުތީގޮތުން އެމްއާރްއެމުން ވަކިވުމަކީ ގަބޫލު ކުރާ އުސޫލެއް ނޫންކަމަށާއި އެހެންކަމުން ޕާޓީގައި ތިބި މެންބަރުން ޕާޓީ ދޫކޮށްނުލުމަށް އެދޭ އެ ބަޔާނުގައި އެދިފައި ވެއެވެ.



އެ ޕާޓީން ވަނީ ސާބިތުކަމާއެކު އެ ޕާޓީއާއެކު ތިބި މެންބަރުންނަށް ޝުކުރު އަދާކޮށްފައެވެ. ހަމައެއާއެކު، އެ ޕާޓީއަށް އިތުރު މެންބަރުން ގުޅުމަށް އެ ޕާޓީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ބުނެފައި ވެއެވެ.

އެމްއާރްއެމަކީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ މި އަހަރު ތެރޭ އިލެކްޝަނުން އުވާލުމަށް ލިއުންވެސް ފޮނުވި ޕާޓީއެކެވެ.

ނަމަވެސް ފަހުވަގުތު 3000 މެންބަރުން ހަމަކޮށްގެން ޕާޓީ އުވާލިޔަނުދީ ވަނީ ސަލާމަތް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު