އިސްލާމީ މަރުކަޒު ގޯތިތެރެއަށް ބޮޑުކަމުދިޔަ މީހާއަކީ ނަފްސާނީ ބަލިމީހެއްކަމަށް ބުނެ ދޫކޮށްލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިއަދު ވިދާޅުވީ، މިހާރު ކަންކަން މިދަނީ މާ މައްޗަށް ކަމަށާ، އެ މައްސަލާގައި ހައްޔަރުކުރި މީހާއަކީ ނަފްސާނީ މީހެއްކަމަށް ބުނެ މިފަހަރު ދޫކޮށްލައިގެން ނުވާނެކަމަށެވެ. އަދި އޭނާއަށް ހަރުކަށި އަދަބު ދިނުމަށްވެސް ހޯމް މިނިސްޓަރު އިމްރާނަށް ނިހާދު ވަނީ ގޮވާލައްވާފައެވެ.

ރޭގެ ވަގުތެއްގައި އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް އިންޑިއާއަށް ނިސްބަތްވާ މީހަކު ވަނީ ބޮޑުކަމު ގޮސްފައެވެ. އެ މައްސަލާގައި ފުލުހުން މިއަދުވަނީ 40 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައެވެ.



މިފަދަ މައްސަލަތައް ގިނަވަމުންދާއިރު އެމީހުން ދޫވާތީ އެކަމުގެ ކަންބޮޑުވުން ނިހާދު ފާޅު ކުރައްވާފައި މިވަނީ، މިފަހުން މާލޭގެ ބައެއް މިސްކިތްތަކަށް ކުޑަކަމުދިޔަ މީހަކު ހައްޔަރު ކުރުމަށްފަހު، އޭނާއަކީ ނަފްސާނީ ބަލި މީހެއްކަމަށް ބުނެ އެކިފަހަރުމަތިން ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ.

މިފަދަ ދަށުޖަރަޖައިގެ އަމަލުތައް ހިންގާ މީހުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލާތީ އާންމުންގެ ފަރާތުންވެސް ފުލުހުންނަށް ދަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒު ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު