ދޭތެރެޖެއްސުމާ ދޮގު ވާހަކަ ފެތުރުމަކީ ފިތުނަ ފަސާދައަށް މަގުފަހިކުރާ ކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ވިދާޅުވީ ދޭތެރެ ޖެއްސުމާއި ދޮގު ވާހަކަ ފެތުރުމަކީ ފިތުނަ ފަސާދައަށް މަގުފަހިކުރުވާ އަދި މުޖުތަމައުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ނަގާލާ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ވިސްނަން ޖެހޭ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ހަބަރެއް ލިބިއްޖެނަމަ އޭގެ ތެދު ދޮގު ބެލުމަކީ އިސްލާމްދީނުގެ އަހުލާގު ކަމަށެވެ.



ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ އިއްޔެގެ ހުކުރު ހުތުބާއާއި ގުޅުވައިގެންކަމަށް ބެލެވެއެވެ. އިއްޔެގެ ހުތުބާގައިވަނީ، ފިތުނަފަސާދަ އުފެއްދުމަށް މުޖުތަމައުގެ ތެރޭގައި ހިންގާ ކަންކަމަށް ފުޅާދާއިރާއެއްގައި އަލިއަޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު