މިވަގުތު ޖީއެސްޓީ ބޮޑުކުރުމަށްވުރެ ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ކުޑަކުރުން މާ ރަނގަޅުވާނެކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ މިވަގުތު ޖީއެސްޓީ ބޮޑު ކުރުމަށްވުރެ ދައުލަތުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށް އިސްރާފުތައް ހުއްޓާލުން މާރަނގަޅުވާނެ ކަމަށެވެ. އެގޮތުން ސަބްސިޑީ އާއި ދައުލަތުން ދޭ އިނާޔަތްތައް ހަމަކޮންމެހެން ޙައްޤުވާ މީހުންނަށް އެކަނި ދޭން ފެށުމަކީ މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތްކަމަށް އޭނާ ވިދާޅުވިއެވެ.



ދިވެހިރާއްޖޭގައި ޚިދުމަތާއި މުދަލުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ބޮޑުކުރުމަށް ޓެކުހާބެހޭ ޤާނޫނަށް ގެންނަ އިސްލާހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެގޮތުން ސަރުކާރުން މިހާރު މަޖިލީހަށް ހުށައަޅާފައިވަނީ ޖީއެސްޓީ 2 އިންސައްތައިން ބޮޑުކޮށް މިހާރު ނަގާ 6 އިންސައްތަ ޓެކުސްގެ ބަދަލުގައި 8 އިންސައްތަ އަށް ބޮޑުކުރުމަށެވެ. އަދި ޓީޖީއެސްޓީ 16 އިންސައްތައަށް މަތިކުރަންވެސް ސަރުކާރުންވަނީ މަޖިލީހަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު