އައްޑޫ ސިޓީގެ އޮފީހަކަށް ވަގަށް ވަންނަން އުޅުނު މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން މިއަދު އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އުރީދޫ އޮފީހަށް މީހަކު ވަގަށް ވަންނަން އުޅޭ މަންޒަރެވެ. އަތްދިގު ޓީޝާޓަކާއި ސޯޓެއް ލައިގެން ހުރި އެމީހާ ހުރީ ފޮތިގަނޑަކުން މޫނު ނިވާކޮށްފައެވެ. އެހެންވެ އެއީ ކާކުކަން ދެނެނުގަނެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވަނީ، އެ ވީޑިއޯއިން ފެންނަ މީހާ، އައްޑޫ ސިޓީ ހިތަދޫ އުރީދޫ އޮފީހަށް ވަގަށް ވަންނަން އުޅެފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާ، މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެނުގަނެވިފައި ނުވާތީ އޭނާ ހޯދިފައި ނުވާކަމަށެވެ.
މިމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުންވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު