އަހުމަދު މަސްނޫމް   17 ސެޕްޓެމްބަރު 2022 - 10:36
ޒުވާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 18 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ބިމަކޮށްފައި ވެއެވެ.



ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. ރާއްޖޭގައި ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރަނީ އޮކްޓޯބަރު 22 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު ޒުވާނުންގެ ގައުމީ އިނާމް 10 ދާއިރާއިން 10 ޒުވާނަކަށް ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު