ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން އިންތިޒާމުކޮށްގެން އިލްމީ ކުރިއެރުމާބެހޭ ބައިނަލްއަގުވާމީ މަހާސިންތާއެއް ފަށައިފިއެވެ.
މިއަދު ފެށި މި މިމަހާސިންތާއަކީ 2016 ވަނަ އަހަރުން ފެށިގެން އައިޔޫއެމުން ބާއްވަމުން އަންނަ މަހާސިންތާއެކެވެ. މިއީ ރާއްޖޭގައި ދިރާސީ ވެއްޓެއް ޤާއިމުކުރުމަށް އިސްލާމިކް ޔުނިވަރސިޓީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތެކެވެ.
"އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް"ގެ ނަމުގައި ބާއްވާ މި މިމަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމްއެވެ. މިރަސްމިއްޔާތުގައި އިސްލާމިކް ޔުނިވަރސިޓީގެ އިސް ބޭފުޅުންނާއި މަހާސިންތާގައި ތަގުރީރްކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިމަހާސިންތާގެ މައިގަނޑު މަޤުސަދަކީ ޢިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުންކަމަށް އިސްލާމިކް ޔުނިވަރސިޓީ ބުނެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ހުށައަޅާ ކަރުދާސްތަކާއެކު ބާއްވާ މިކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
މިއަހަރުގެ މަހާސިންތާގައި ބޭރުގެ 12 ބޭފުޅަކާއި ރާއްޖޭގެ 218 ފަރާތެއް ބައިވެރިވާއިރު 48 ކަރުދާސް ހުށައެޅުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ސޯޝަލް ސައިންސާއި، އިންސާނުންނާއި ތަޢުލީމުގެ ދާއިރާއާއި ޤުރުއާނާއި ބެހޭ ޢިލްމާއި، ޝަރީޢާ އެންޑް ލޯއަށް ޚާއްސަ ދާއިރާއަކާއި ފަތުރުވެރިކަމާއި، ތިމާވެއްޓާއި ޓެކްނޮލޮޖީގެ ދާއިރާއާއި ހިންގުމުގެ ދާއިރާއާއި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އެކައުންޓިންގއާއި ބެންކިންގާއި ފައިނޭންސްގެ ދާއިރާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު