ހުޅުމާލެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅެން ބީލަމުގެ އުސޫލުން ބިން ވިއްކަން ކަނޑައެޅި މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް މިހާރު ހަމަޖެހިފައިވާ ސުންގަޑިއަކީ އަންނަ މަހުގެ ފަހެއް ވާ ބުދަ ދުވަސް ކަމަށެވެ. އަދި ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހައެއް ވާ ބުރާސްފަތި ދުވަސް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.



އެޗްޑީސީން ފުރަތަމަ ނެރުނު އިއުލާންގައި ބީޗް ފްރަންޓްގެ ބީލަން އަންނަ މަހުގެ ތިން ވަނަ ދުވަހު އަދި ބީޗް ސައިޑްގެ ބިން ވިއްކުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް އޮތީ ނިންމާފައެވެ.

ބީލަމުގެ އުސޫލުން ވިއްކަން ނިންމާފައިވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކާފޫޓާ ދެމެދުގެ ބިންތަކެކެވެ. އެއީ ހުޅުމާލެ ބީޗު ފްރަންޓުން 22 ބިމަކާއި ބީޗް ސައިޑުން 52 ބިމެކެވެ. ބީލަން ފަށަނީ ބީޗް ފްރަންޓުން އަކަފޫޓަކަށް 6،500 ރުފިޔާ އަދި ބީޗް ސައިޑުން އަކަފޫޓަކަށް 5،500 ރުފިޔާއަށެވެ.

އެ ބިންތަކަށް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 1،000،000 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު