މާލޭގައި ހުންނަ އެސްޓީއޯގެ 2 ގުދަނެއްގެ ބޮޑު ބަޔަކަށް ސޯލާ ނުވަތަ އަވިން ހަކަތަ އުފައްދާ، ބޭނުންކުރަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މާލޭގައި ހުންނަ އެސްޓީއޯގެ ކާޑު ގުދަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފައިވާކަމަށެވެ. އަދި ކާޑު ގުދަނަށާއި މެޑިކަލް ގުދަނުގެ ބޮޑު ބަޔަކަށް ސޯލާ ހަކަތައިން ކަރަންޓު ދޭން ފަށާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ މިއީ އެ ކުންފުނީގެ "ގްރީން އިނީޝިއޭޓިވް" ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން ހިންގި ޕްރޮޖެކްޓެއްކަމަށެވެ.
ކާޑު ގުދަނުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއް ވެސް ފޯރުކޮށްދެވޭ ކަމަށާއި އަދި، މުޅި ކާޑު ގުދަނަށް މިހާރު ކަރަންޓު ދެނީ ސޯލާ ހަކަތައިންކަމަށް އެސްޓީއޯއިން ބުންޏެވެ.
ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ މިދިޔަ ޖުލައިމަހުއެވެ. އެސްޓީއޯއިން ބުނީ އެކުންފުނީގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ގިނަ ޕްރޮޖެކްޓުތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު