ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށްގެން ވިޔަސް ލަންކާ ދިޔަ ހާލަތަށް ރާއްޖެ ދިޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމާއި ގުޅޭގޮތުން ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިޚާބެއް ބޯމަތިވެފައި އޮއްވައި ޓެކްސް ބޮޑުކުރަން ރައްޔިތުންގެ ކުރިމައްޗަށް ސަރުކާރުން ދާނީ ވަރަށް ބޮޑަށް ވިސްނާފައި ދައުލަތަށް ވަރަށް ބޮޑަށް ފައިސާ ބޭނުންވާތީ ކަމަށެވެ. ލަންކާ ދިޔަ ހާލަތަށް ރާއްޖެ ދިޔަ ނުދިނުމަށް އޮތް ހައްލަކީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުން ކަމަށްވާނަމަ އެކަން ސަރުކާރުން ކުރަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އިޚުލާސްތެރިކަން ހުރި ވެރިއެއް ނަމަ ލަންކާ އޮތް ހާލަތަށް ދިޔުމުގެ ކުރިން އެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ވަރަށް ބޮޑު، މިދެންނެވީ ވެރިކަމުގައި ހުރި ބޭފުޅަކު އިޚުލާސްތެރިކަން ހުރިއްޔާ އިތުރު ފައިސާ ރައްޔިތުންގެ އަތުން ނަގައިގެން ވިޔަސް އެ ދަރަޖައަށް ވެއްްޓުމަށްވުރެ އިތުރު ފައިސާ ނަގައިގެން އެކަން ހަމަޖެއްސިދާނެ ކަމަށް ވަންޏާ އެކަން ހަމަޖެއްސުން އެކަން ކުރުން މާ އައުލާކަން ބޮޑު." މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރަން ނިންމައި ޖީއެސްޓީ ވެސް ބޮޑުކުރަން ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު