އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓްލުމަށް ރީ ރަޖިސްޓަރ ކުރުމަށް ޕޯޓަލް އެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގް ރޭ ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓްލުމަށް ރީ ރަޖިސްޓަރ ކުރުމަށް ޕޯޓަލެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ކުރީގެ އިންތިޚާބުތަކުގައި ވޯޓްލުމަށް ރީ ރަޖިސްޓަރ ކޮށްފައިވާ މީހުން ވެސް އަންނަ އަހަރު އެ ފަރާތެއްގެ ރަޖިސްޓްރީ އޮންނަ އެޑްރެހަށް ބަދަލުވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓްލުމަށް ވަރަށް ގިނަ ބަޔަކު ރީ ރަޖިސްޓަރ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ދެލައްކައާއި ކައިރި ކުރާ އަދަދަކަށް ވޯޓްލުމަށް ރީ ރަޖިސްޓަރ ކުރަންޖެހޭނެ ކަމަށް ފުއާދު ވިދާޅުވިއެވެެ.
"އެހެންވީމަ އެކަމަށްޓަކައި އެންމެ ފަސޭހަގޮތަކަށްވާނީ ޕޯޓަލަކުން ނުވަތަ އެމީހެެއްގެ ފޯނުން އެމީހަކު ރީ ރަޖިސްޓަރ ކޮށްލުން. އެކަމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ އޭގައި ނުބައި ގޮތަކަށް މީހަކު އެއްޗެއް ބޭނުން ކުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ވަރަށް ބައިވަރު ފިޔަވަޅު އަޅައިގެން އެ ޕްްރޮގުރާމް ހަދަންޖެހެނީ، އަދި ވަރަށް ރަނގަޅަށް ޓެސްޓް ކޮށްފައި ރައްޔިތުންނަށް އެ ޕޯޓަލް ނެރޭނީ" ފުއާދު ވިދާޅުވިއެވެ.
މީގެ އިތުރުން ފުއާދު ވިދާޅުވީ ރީ ރަޖިސްޓަރ ކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އަންނަ އަހަރު ކުރީކޮޅު ވޯޓްލުމަށް ރީ ރަޖިސްޓަރ ކުރަން ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭރުން މާލެ އާއި އެހެން ރަށްރަށުގައި ތިބޭ މީހުންނަށް ފަސޭހައިން ރީ ރަޖިސްޓަރ ކުރެވޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކަލަންޑަރު ވެސް މިހާރު ޑްރާފްޓްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކަލަންޑަރުގެ ޑްރާފްޓް އަދި ފާސްކޮށް ނުނިމޭ ކަމަށް ފުއާދު ވިދާޅުވިއެވެ.
ރީ ރަޖިސްޓަރ ކުރުމަކީ އެމީހަކު ހުންނަ ތަނެއްގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރުމެެވެ. އެގޮތަށް ރަޖިސްޓަރ ނުކުރާނަމަ އެމީހަކު ވޯޓްލާންޖެހޭނީ އެމީހެއްގެ ދާއިމީ އެޑްރެހުގައި އޮންނަ ރަށެއްގެ ވޯޓް ފޮއްޓަކަށެވެ.

ކިޔުންތެރިންގެ ހިޔާލު