ވިލިމާލެ ހިމެނޭ ސަރަހައްދުން މިރޭ އިވުނު ބާރުގަދަ އަޑަކީ ގޭސް ސިލިންޑަރުތަކެއް ގޮވިއަޑު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ވިލިމާލެ އާ ދިމާލުން ބާރު އަޑެއް ގޮވިކަމަށް މާފަންނު ފުލުހުން އަދި އައިޖީއެމްއެޗްގެ ޑިއުޓީގައި ހަރަކާތްތެރިވާ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލުން މިރޭ 21:10 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުން އިތުރަށް ބެލި ބެލުމުން މާލެއާއި ވިލިމާލެއާއި ދެމެދު އޮންނަ ސަބްމެރިންގެ 4 ގޭސް ސިލިންޑަރު ގޮވާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިހާދިސާގައި މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެެއް އަދި މިހާތަނަށް ނުލިބެއެެވެ. މި ސަބްމެރިންއަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކުންފުންޏަކަށް ނިސްބަތްވާ ސަބްމެރިންއެއް ކަމަށް އެނގިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު