މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމްގައި މާލޭ މީހުން ކަމުގައި ބަލާ މިންގަނޑަށް ސަރުކާރުން އިސްލާހެއް ގެނެސްފިއެެވެ.

ހުޅުމާލެ އާއި ގުޅީފަޅުން ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމްގެ އުސޫލުގައި ކުރިން ބުނެފައިވަނީ މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މީހުން ކަމަށެވެ.

އެ އުސޫލަށް މިއަދު ސަރުކާރުން ގެނައި އިސްލާހުގައި ބުނާގޮތުން ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި އޮތަސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމަށްވާ ނަމަ އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭގައި ރަޖިސްޓްރީވެފައިވާނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބެލެވޭނެއެވެ.

ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހަށް ވަނީ ހުޅުވާލާފައެވެެ.

މާލެ ސަރަހައްދުން ހަމައެކަނި މާލޭ މީހުންނަށް ހިލޭ ގޯތި ދޫކުރުމަކީ ބައެއް މީހުންގެ ކަންބޮޑުވުން އޮތް މައްސަލައެކެެވެ.

ގޯތީގެ އިތުރުން ފްލެޓް ވެސް މާލޭ މީހުންނަށް ދޭން ހާއްސަ ސްކީމެއް ވަނީ ތައާރާފްކޮށްފައެވެ. އެ ސްކީމްގެ ދަށުން 4000 ފްލެޓް ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު