"ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން އެޗްޑީސީން އިސްނަގައިގެން ދުނިޔެ މަގޭ ކެމްޕޭނުގެ ދަށުން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް 17 ސެޕްޓެމްބަރ 2022 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.
މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7 ކުން 9 ޖަހަން ދެނެވެ. މި ހަރަކާތުގައި އެކި މުއައްސަސާތަކުންނާއި މިނިސްޓްރީތަކުން އަދި އެސްއޯއީ ތަކުންވެސް ބައިވެރިވާނެކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.
މި ހަރަކާތަކީ އެޗްޑީސީގެ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ކުރިޔަށް ގެންދެވޭ ހަރަކާތެކެވެ. ދުނިޔެ މަގޭ ކެމްޕޭނަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަހަރުގެ ޖޫން މަހު ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ. އަދި މި ކޭމްޕޭންގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް އެޗްޑީސީން ދަނީ މަސައްކަތްކުރަމުންނެވެ.
ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ކުރިޔަށްދާ މި ސާފުކުރުމުގެ ހަރަކާތަކީ "ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރިޔަށް ގެންދެވޭނެ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތައް ވެގެންދާނެކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، އެޗްޑީސީން ވަނީ ހުޅުމާލޭގައި ސާފުތާހިރުކަން ގާއިމްކުރުމަށްޓަކައި ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު