ޓެކްނޮލޮޖީ ގެނެސްދިން ތަރައްޤީގެ، އެންމެ ބޮޑު ފައިދާ ލިބުނީ ބްރޯޑްކާސްޓިންގ ދާއިރާއަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް" ރަސްމިއްޔާތުގައި ރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ބްރޯޑްކާސްޓިންގ އުފެދިގެން މިހާހިސާބަށް އައިއިރު ބްރޯޑްކާސްޓިންގގެ ދާއިރާއިން ރާއްޖޭގެ ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެން ހިނގައްޖެކަން ފާހަގަ ކުރެއްވި އެވެ.
"ބްރޯޑްކާސްޓިންގއަކީ، ހަޤީޤަތުގައި އިންސާނުންގެ ބަހުރުވައާއި ބަސްމޮށުންތެރިކަމާ ގުޅިފައިވާ އެއްޗެއް ނުވަތަ ކަމެއް. ފަހުޒަމާނަށް ދުނިޔެ ބަދަލުވާން ފެށިއިރު، ބްރޯޑްކާސްޓިންގގެ ގޮތުގައި ފެށުނީ، ރޭޑިއޯގެ ޚިދުމަތް. ދުނިޔޭގެ ތާރީޚު މިއަދާ ހަމައަށްވެސް، ގިސްލާ އެއްކަމަކީ، ދެވަނަ ބޮޑު ހަނގުރާމަ. އެ ހަނގުރާމައިން އިންސާނިއްޔަތަށް ދިން ގެއްލުމާއި، ހަލާކު ބޮޑު. ހަމަ އެގޮތަށް، ދެވަނަ ބޮޑު ހަނގުރާމަ ދިން ފިލާވަޅުތައްވެސް ގިނަ. އެ ހަނގުރާމައިން، އިނގިރޭސިން މޮޅުވުމަށް ބޭނުންކުރި އެންމެ ވަރުގަދަ، އެއް ހަތިޔާރަކީ ރޭޑިޔޯ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒަމާނާއެކު، ބްރޯޑްކާސްޓިންގގެ ދާއިރާއަށް މިވަނީ، ވަރަށް ބޮޑު ބަދަލުތަކެއް އައިސް ތަރައްޤީވެފައިކަމަށެވެ. އަދި ޓެކްނޮލޮޖީ ގެނެސްދިން ތަރައްޤީގެ، އެންމެ ބޮޑު ފައިދާ ލިބުނީ ބްރޯޑްކާސްޓިންގއަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ރޭޑިޔޯއިން، ޓީ.ވީ. އިން، އިންޓަރނެޓުން، ވެބްސައިޓާއި ބްލޮގްތައް. އަދި އޭގެފަހުން ޕޮޑްކާސްޓްގެ ޒަރިއްޔާއިން، މިހާރު ކޮންމެ މީހަކީވެސް ޚަބަރު ފަތުރާ މީހެއް. މުނިފޫހިފިލުވައިދޭ މީހެއް. އާޓިސްޓެއް ނުވަތަ ފަންނާނެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުނިޔެއަށް ރާއްޖެ ހުޅުވި، އިންތިޒާމް ވެފައިވާ، ބައިނަލްއަޤްވާމީ ގުޅުންތައް، ދުނިޔެއާއި ރާއްޖެއާ ދެމެދު ހިނގާން ފެށީ ވަރަށްފަހުންކަމަށާއި ފަހުން އަންނާން ފެށި ބަދަލާއެކު ފާހަގަވި އުނިކަމަކީ، ކުރިންވެސް، އަދި ފަހުންވެސް އޮތް އުނިކަމެއްކަމަށެވެ.
"މި ދެންނެވީ ބްރޯޑްކާސްޓިންގގެ، މުހިއްމު އެއް ދާއިރާ ކަމުގައިވާ، ނޫސްވެރިކަމުގެ މިނިވަންކަން. ދިވެހިންގެ ޚިޔާލާއި، ފިކުރާއި، ޝުޢޫރު އަބަދުވެސް ހިނގި. އެހެންނަމަވެސް، އެކަން ހިނގީ، އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި. ކުރެހުންތެރިއެއް، ޅެންވެރިއެއް، ނުވަތަ ލިއުންތެރިޔަކު ވިޔަސް، ދުއްވަންޏާ ދުއްވަންޖެހެނީ އެއްކޮޅަށް. އެއީ މި ދެންނެވި މަގުގައި ތީރުޖަހައި ދައްކާފައި އޮންނަ ކޮޅު. ބަދަލުގެ ރޯޅި، އެއްދިމާއަކަށް ފަހިވީ، ވީބަޔަކު ވަރަށްބޮޑު ޤުރްބާނީއެއް ވެގެން. އެ ރޯޅި އަރާ ފައިބައިގެން ދިޔައިރު، ވަރަށް ގިނަ ކަންކަން އޮތީ ބަދަލުވެފައި. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި، ޑިމޮކްރަސީއާއި، އެއްވެ އުޅުމާއި، ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ލިބިފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަސް ބުނުމުގެ ޙައްޤަކީ، އިންސާނީ ޙައްޤުތަކުގެ މުހިއްމު ތަނބެއްކަމަށާއި ދުނިޔެއަށް ހެޔޮ ބަދަލެއް ގެނައުމަށް، ބަސް ބުނުމުގެ މިނިވަންކަން އޮންނަންޖެހޭނެކަމަށެވެ. ނަމަވެސް ފާޅުކުރެވޭ ޚިޔާލުވާންވާނީ، އަނެކާއަށް އިޙްތިރާމް ކުރެވޭ ޚިޔާލަކަށްކަމަށާއި އެކެއްގެ މިނިވަންކަން ފެށޭ ހިސާބަކީ، އަނެކާގެ މިނިވަންކަން ނިމޭ ހިސާބަށް ވެގެންނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި، މަޢުލޫމާތު ފެތުރުމަށްވުރެ، ނޫސްވެރިކަމާއި ބްރޯޑްކާސްޓް ކުރުމުގެ ޒިންމާ މާބޮޑުކަމަށެވެ. އަދި އެއީ ޤައުމީ މަޞްލަޙަތާ ގުޅިފައިވާ ކަންކަންކަމަށާއި ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތާރީޚުންވެސް ސާބިތުކޮށްދެނީ އެ ޙަޤީޤަތްކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު