އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި، ރާނީ އެލިޒަބަތު 2 އަވަހަރާވުމާއި ގުޅިގެން ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި އދގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސޮއިކުރައްވައިފިއެވެ.
އަަބްދުﷲ ޝާހިދު ސޮއިކުރައްވާފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދގެ މައިމަރުކަޒުގައި ހުޅުވާފައިވާ ރާނީގެ ތައުޒިޔާގެ ދަފްތަރުގައެވެ.
ޝާހިދު ވިދާޅުވީ ރާނީއަކީ ދުނިޔޭގެ ސުލްހައަށާއި، ދެމެހެއްޓެނިވި ތަރައްްޤީއާއި، ހިއުމަން ރައިޓްސްގެ ދާއިރާއިން ދުނިޔެއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ހިދުމަތްތެރިއެއްކަމަށެވެ.
އުމުރުފުޅުން 96 އަހަރުގައި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ މިދިޔަ ބުރާސްފަތިދުވަހުއެވެ. ރާނީ އެލިޒަބަތުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 19ވަނަ ދުވަހުއެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައެވެ. މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Signed the condolence book placed at UNHQ by @UKUN_NewYork, paying tribute to the memory of Her Majesty Queen Elizabeth II 🇬🇧
— Abdulla Shahid (@abdulla_shahid) September 15, 2022
The world has lost a great advocate for peace, sustainable development, human rights &for the Commonwealth, that champions the cause of small States pic.twitter.com/InUJOvYEW2
އުމުރުފުޅުން 96 އަހަރުގައި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ މިދިޔަ ބުރާސްފަތިދުވަހުއެވެ. ރާނީ އެލިޒަބަތުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 19ވަނަ ދުވަހުއެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައެވެ. މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު