ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމުގެ ފޯނު ހިފަހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައި ނުވާނެކަމަށް ފުލުހުންގެ އިދާރާއިން މިރޭ ބުނެފިއެވެ.
ޕީޖީ ޝަމީމްގެ ފޯނު ހިފަހައްޓަން ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ފެތުރި ހަބަރަކާ ގުޅިގެން، ފުލުހުންގެ މީޑިއާ އޮފިޝަލް "ރަސް އޮންލައިން"އަށް ވިދާޅުވީ، އެފަދަ އަމުރަކަށް އެދިފައި ނުވާނެ ކަމަށެވެ.
އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓަރ ޝަފީޢު ވެސް ވިދާޅުވީ، އެފަދަ އަމުރަކަށް އެދިފައިވާކަމުގެ މައުލޫމާތެއް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.
މިއަދު ފެތުރި އެ ހަބަރުގައި ބުނެފައިވަނީ، ޝަމީމްގެ ފޯނު ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވަނީ އޭނާގެ މައްޗަށް ކުރާ ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު