މިދިޔަ ހުކުރު ދުވަހު ތިން ފުލުހަކަށް ހަމަލާދިން ގޭންގަކަށް ނިސްބަތްވާ އިތުރު ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހެނދުނު 11:50 ހާއިރު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން ފުލުހަަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެެވެ. އެ ފުލުހުންނަށް އޭޑީކޭގައި ވަނީ ފަރުވާ ދީފައެެވެ.

މަޖީދީ މަގު ޓެޕްކޮން ހާޑްވެއާ ކައިރީގައި ތިން ފުލުހަކަށް ހަމަލާ ދިން ހާދިސާއާ ގުޅިގެން އެ ދުވަހު ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭގެފަހުން އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ މީހަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.



ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންނަށް ހަމަލާދިން މައްސަލައިގައި މިރޭ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށްފައި ވަނީ ފިލައިގެން އުޅެނިކޮށް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރޭވިގެން ހިންގާ ގްރޫޕްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅަމުންދާނެ ކަމަށެވެ.

ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު