ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރު ބުލޫ އިބްރާހީމް މަނިކާއި ކުރީގެ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު މަރުހޫމާ ޒާހިދާ އިބްރާހިމް (ޒާހިދައްތަ) އަށް ބްރޯޑްކާސްޓިން ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދީފިއެވެ.
މި އެވޯޑުތައް އެ ފަރާތްތަކަށް ދީފައިވަނީ މިރޭ ބޭއްވި ބްރޯޑްކާސްޓިން އެވޯޑު ހަފުލާގައެވެ.
މިރޭގެ ހަފްލާގައި މި ދެ އެވޯޑު އެފަރާތްތަކާ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މީގެ ތެރެއިން މަރުހޫމާ ޒާހިދާއަށް ލިބުނު އެވޯޑާއި ހަވާލުވީ އޭނާގެ ދަރިކަނބަލެކެވެ.
ސަމަރުބުލޫ އިބްރާހީމް މަނިކު ވަނީ 1974 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ބްރޯޑްކާސްޓިން ދާއިރާގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އޭނާއަކީ އެދާއިރާ ހިންގެވުމުގެ އިތުރުން އަމަލީ ގޮތުން މަސައްކަތް ކުރެއްވި އަދި މަގުބޫލް ޕްރޮގްރާމްތައް ހުށައަޅުއްވައި ދެއްވި ކުޅަދާނަ ފަންނާނެއްވެސް މެއެވެ. ދާއިރާއަށް ގިނަ ބަޔަކު ނެރުއްވައި މުނިފޫހިފިލުވުމުގެ ދާއިރާގެ ތަރައްގީއަށް ވެސް ގިނަ މަސައްކަތް ތަކެއް ކޮށްދެއްވާފައިވާ ހިދުމަތްތެރިއެކެވެ.
ދިވެހިރާއްޖޭގެ އަޑުން ކުރިން އިވޭ އެންމެ އާންމު އެއް އަޑު ކަމަށްވާ ޒާހިދާ އެންމެ ފުރަތަމަ ބްރޯޑްކާސްޓިންގެ ދާއިރާއާއި ގުޅިވަޑައިގެންނެވީ 1968 ވަނަ އަހަރުއެވެ. އޭނާ ވަނީ ބްރޯޑްކާސްޓިން ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވާފައެވެ. ޒާހިދާ ދުނިޔެއާއިވަކިވީ އުމުރުން 58 އަހަރުގައެވެ.
މިރޭ ބޭއްވި ބްރޯޑްކާސްޓިން އެވޯޑަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިސްނަގައިގެން ބޭއްވި ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑު ހަފްލާއެވެ.

ކިޔުންތެރިންގެ ހިޔާލު