ހދ. ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމު ގާއިމު ކުރެވުމާއިއެކު އެރަށާ ދިމާއަށް ތަރައްގީ މިސްރާބު ޖަހާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.
ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ޑރ. ޙުސެއިން ވިދާޅުވީ، މިއަދު އިފްތިތާހު ކުރެވުނު ފެނުގެ ނިޒާމާއިއެކު އެ ރަށުގެ ރައްޔިތުންނަށް އެތައް ކުރިއެރުންތަކެއް ލިބުމަށް މަގުފަހިވެގެން ދާނެކަމަށެވެ. އެގޮތުން އެ ރަށުގައި ޓޫރިޒަމް ކުރިއެރުވުމަށްވެސް މިހާރު ހުރަހެއް ނެތް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމެއް ގާއިމްވުމުން ކުރިއަށް އޮތްތަނުގައި އެ ރަށުން ތަރައްގީގެ ކުލަވަރު ފެންނާނެކަމަށާއި، އަދި އެއީ އެ ރަށު ރައްޔިތުންނަށް ލިބުނު ބޮޑު ނިއުމަތެއް ކަމުގައި ވިދާޅުވިއެވެ.
"މިހާރު މިރަށުގެ ރައްޔިތުންނަށް މި ވަނީ ތަންމިނަށް އެ ފުރުސަތު ހުޅުވިފަ. ތަރައްގީ މިރަށާ ދިމާލަށް މި ވަނީ މިސްރާބު ޖަހާފަ." ޑރ. ހުސައިން ރަޝީދު ވިދާޅުވިއެވެ.
ޑރ. ޙުސައިންގެ ވާހަކައިގައި ވަނީ، ސާފު ބޯފެނުގެ މުހިންމު ކަމާ ގުޅޭގޮތުން ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ސާފު ބޯފެން ނުލިބިގެން ދުނިޔޭގައި ކޮންމެ ދިހަ ސިކުންތަކުން މީހަކު މަރުވާ ކަމަށާ، އަދި ވޭތުވެ ދިޔަ 100 އަހަރަށް ބެލިކަމަށްވިޔަސް، އެންމެ ގިނަ މީހުން މަރުވެފައިވަނީ ސާފު ބޯފެން ނުލިބުމުގެ ސަބަބުން ޖެހޭ ބަލިތައް ޖެހިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. ހުސައިން ވިދާޅުވީ ފެނަކީ ވަރަށް އަގުބޮޑު ނިއުމަތެއްކަމަށާ، ނަމަވެސް ހެޔޮ އަގެއްގައި ފެން ގަންނަން ލިބުމުން ގިނަ ބަޔަކަށް މި ނިއުމަތުގެ އަގު ވަޒަން ނުކުރެވޭކަމަށެވެ.
އެހެންކަމުން، ނޮޅިވަރަންފަރު ރައްޔިތުންވެސް މިއަދު ފެށުނު ހިދުމަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އޭނާ ގޮވާލެއްވިއެވެ. އެގޮތުން ފެން އިސްރާފު ކުރާ މިންވަރު މަދު ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ އެ ހިދުމަތް ދިނުމަށް ފެނަކައާއި މިއަދު ވަނީ ހަވާލު ކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފުރިހަމަ ކުރި މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު