ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކިބައިގައި މަޝްވަރާ ކުރުމުގެ އަހުލާގު ހުރި މިންވަރާ ގާތަށް ވެސް މަޝްވަރާގެ އަހުލާގު ކުރީގެ ރައީސް ޔާމީން ޢަބްދުލް ގައްޔޫމްގެ ކިބައިގައި ނެތްކަމަށް، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ވިދާޅުވީ، ބައެއް ބޭފުޅުންނަށް ގަބޫލު ކުރައްވަން ކިތަންމެ ދަތިވިޔަސް، ރައީސް ޞާލިޙްގެ ކިބައިގައި މަޝްވަރާ ކުރުމުގެ އަހުލާގު ހުރި ވަރާ ގާތަށްވެސް ރައީސް ޔާމީންގެ ކިބައިގައި އެ އަހުލާގު ނެތްކަމީ، ދެބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާ އެންމެން ވެސް ދަންނަ ހަގީގަތެއް ކަމަށެވެ.
އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ، މިފަހުން ނިންމާލި ވިޔަވަތި ރާއްޖެ ކޮންފަރޭންސްގައި ވާހަކަ ދައްކަވަމުން، ރައީސް ޞާލިޙްގެ ހުރި ރަނގަޅު ސިފަތަކުގެ ވާހަކަތައް ދެއްކެވުމުގައި ބޭނުންކުރެއްވި އިބާރާތްތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުމާއި މަލާމާތް ރައްދު ކުރަމުން ދަނިކޮށެވެ.
އިމްރާނަށް ފާޑުކީ ފަރާތްތަކުގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. އެހެންކަމުން މިއީ އެ ވާހަކަތަކުގެ ދިފާއުގައި ވިދާޅުވި ވާހަކައެއްކަމަށް ބެލެވެއެވެ.
ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިމްރާންވަނީ ޤުރްއާނުގައި ބަޔާންވެގެންވާ މަޝްވަރާގެ މަތިވެރި ސިފަ ރައީސް ޞާލިޙްގެ ކިބައިގައި ހުރި މިންވަރު ހާމަ ކޮށްދިނުމަށް، ރަސޫލާގެ ހަޔާތްޕުޅާއި ގުޅުވޭފަދަ ގޮތަކަށް އެ މައުޟޫގައި ވާހަކަ ދައްކަވާ ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

Baeh beyfulhunnah gaboolufulhu kurahvan kithanme dhathifulhuviyas @ibusolih ge kibaigai mashvara kurumuge akhlaaq hurivara gaathahves @prz_ymn kibaigai e aklaaq neiykamee e dhebeyfulhun rangalhah dhenevadaigannava enmen dhanna haqeegathekeve.
— Imran Abdulla (@ShimranAb) September 14, 2022
އިމްރާނަށް ފާޑުކީ ފަރާތްތަކުގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. އެހެންކަމުން މިއީ އެ ވާހަކަތަކުގެ ދިފާއުގައި ވިދާޅުވި ވާހަކައެއްކަމަށް ބެލެވެއެވެ.
ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިމްރާންވަނީ ޤުރްއާނުގައި ބަޔާންވެގެންވާ މަޝްވަރާގެ މަތިވެރި ސިފަ ރައީސް ޞާލިޙްގެ ކިބައިގައި ހުރި މިންވަރު ހާމަ ކޮށްދިނުމަށް، ރަސޫލާގެ ހަޔާތްޕުޅާއި ގުޅުވޭފަދަ ގޮތަކަށް އެ މައުޟޫގައި ވާހަކަ ދައްކަވާ ރައީސަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު