ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއިއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުވާ އުފުލާފައިވާ، ނާޒީމް ސައްތާރަށް ހުކުމް ކުރުން މާދަމާއަށް ތާވަލު ކޮށްފިއެވެ.
"ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަޙްމަދު ޝަފީއު ވިދާޅުވީ، ނާޒިމަށް ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ ހަވީރު 4:30 އަށް ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވާ ކަމަށެވެ.
ނާޒިމްގެ މައްޗަށް ހުކުމް ކުރުން ތާވަލު ކޮށްފައި މިވަނީ، އަލަމްގީރާއިއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ނާޒިމް އިއުތިރާފު ވުމުންނެވެ. މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ނާޒިމް ބުނެފައިވަނީ، އަލަމްގީރާއިއެކު ގުޅުން ހިންގި ނަމަވެސް، ލިވާތު ނުކުރާ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ހައްޔަރު ކުރީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް ހައްޔަރު ކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެ މިދިޔަ މަހު 12 ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު