އަހުމަދު މަސްނޫމް   14 ސެޕްޓެމްބަރު 2022 - 16:20
ކ.ދިއްފުށީ ޞިއްހީ މަރުކަޒުގެ ލެބޯޓަރީ އަދި އީ.އާރު( އަވަސް ފަރުވާދޭ ކޮޓަރި) ހުޅުވައި، ހިދުމަތް ދޭން ފަށައިފިއެވެ.

މި ހިދުމަތް އެ ރަށުގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލެވެ.

ހެލްތު މިނިސްޓްރީން ބުނީ ލެބޯޓްރީގެ ޚިދުމަތް ފެށުމުން އާއްމުކޮށް ހެދޭނެ ޓެސްޓުތަކުގެ ތެރޭގައި ޝުގަރ ޕްރޮފައިލް، ލިޕިޑް ޕްރޮފައިލް، ރީނަލް ޕްރޮފައިލް، ލިވަރ ޕްރޮފައިލް، ކާޑިއެކް ޕްރޮފައިލް، އިލެކްޓްރޮލައިޓްސް، ބޯން ޕްރޮފައިލް، ސީރޮލޮޖީ ޓެސްޓް، ކޮންޕްލީޓް ބްލަޑް ކައުންޓް ޓެސްޓު ހިމެނޭކަމަށެވެ.



ހެލްތު މިނިސްޓްރީން ބުނީ އޭގެ ސަބަބުން ހަކުރުބަލި، ހިތުގެ ބަލި، ލޭމައްޗަށްދާ ބަލި، ކިޑްނީ މައްސަލަތައް ދެނެގަތުމަށް ފަސޭހަވެ، ކުރިޔާލާ ބަލި ދެނެގަތުމަށް މަގުފަހިވެގެންދާނެކަމަށެވެ. އޭގެ އިތުރަށް ރާއްޖޭގައި އާއްމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާއި ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މަގުފަހިވެގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ އަވަސް މުސްތަގްބަލެއްގައި ރަށުން ބޭރަށް ނުގޮސް ރަށުގައި ތިބެގެން ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ޚިދުމަތްވެސް ލިބޭނެކަމަށެވެ. އަދި ލެބޯޓްރީއާއެކު މިހާރު އެމާރޖެންސީ ހާލަތުގައި ކުއްލި ފަރުވާ ލިބޭނެ ނިޒާމެއް ގާއިމުކުރެވިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު