ގދ. މަޑަވެއްޔާއި ހޯޑެއްދޫ ބްރިޖަކުން ގުޅާލުމަށް ހިންގާ މަޝްރޫޢާއެކު އެ ސަރަހައްދުގެ އިޤްތިޞާދަށް އައު ދިރުމެއް ލިބިގެންދާނެކަމަށް އެމްޓީސީސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ މަޑަވެލި ހޯޑެއްދޫގެ ކޯޒްވޭ ނަގައި، ބްރިޖެއް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ގދ. ހޯޑެއްދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އާޒިމް ވިދާޅުވީ، މަޑަވެއްޔާއި ހޯނޑެއްދޫއަކީ ހުވަދުއަތޮޅުގެ މުހިއްމު ދެ ރަށެއްކަމަށެވެ. އަދި މި ދެ ރަށް ބްރިޖަކުން ގުޅާލުމަށް ހިންގާ މަޝްރޫޢު ޕްލޭން ކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެކަމަށާއި މިއީ އިޤްތިޞާދީގޮތުން އައު ދިރުމެއް އެ ސަރަހައްދަށް ލިބިގެންދާނެ މަޝްރޫއެއްކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ބްރިޖު ހަދާނީ ތިރިން އޮއިދެމޭގޮތަށް، އަދި ބްރިޖު މަތިން ހެވީ ވެހިކަލަށްވެސް ދަތުރުކުރެވޭ ފެންވަރަށްކަމަށެވެ. އަދި މި ބްރިޖްގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ހޯދައިދެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި ބްރިޖު މިހާރު ޕްލޭންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނިމި ރައްޔިތުންނަށް ޚިދުމަތް ލިބެން ފަށާއިރު މިހާރު ތަޖުރިބާކުރަމުންދާ ރަށްގިރުމުގެ މައްސަލައަށްވެސް ޙައްލު ލިބިގެންދާނެ." އާޒިމް ވިދާޅުވިއެވެ.
މަޑަވެލި ހޯޑެއްދޫ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 26 އޮކްޓޯބަރު 2021 ގައެވެ.
މި މަޝްރޫޢުގެ ދަށުން 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ބްރިޖުގެ 2544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުން ހިމެނެއެވެ. އަދި 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަޙައްދުގައި ތާރު އަޅާ، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ހަމައެހެންމެ ބްރިޖަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރެއިން ކުރެވިގެންދާނެއެވެ. މީގެ އިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ކުރެހުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މުޅި މި މަޝްރޫޢަށް 84.17 މިލިއަން ރުފިޔާ ޚަރަދުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު