ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މިމަހު އާންމުކުރާނެކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ 31 ޑިސެމްބަރ 2021ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިންގ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ދައްކާފައިނުވާ ފަރާތްތަކުގެ ނަންތައް މިމަހު އާންމުކުރާނެކަމަށެވެ.

މީގެއިތުރުން 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކާވާ ފަރާތްތަކުގެ ނަންތައް އަންނަ އޮކްޓޯބަރމަހު އާންމުކުރާނެކަމަށްވެސް މީރާއިން ބުންޏެވެ.

މި ފަރާތްތަކުގެ ނަންތައް އާއްމުކުރަނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުންނެވެ. މިގޮތުން މިއަހަރު ކުރީކޮޅު ވެސް ވަނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކޮށްފައެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައެޅިފައިވާ އިތުރު ފިޔަވަޅުތައް މިހާރު ވަނީ އަޅަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު