ވިލިމާލެ ހޮސްޕިޓަލުގައި ތުއްތުކުދިން ގަޔަށް އަނެއްކާވެސް މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ޖެހިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އައިޖީއެމްއެޗް ހޮސްޕިޓަލުން ދޮގުކޮށްފި އެެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ދެވަނަ ފަހަރަށް ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތުކުދިން ގަޔަށް ޖަހާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ދޮގުކޮށް ނެރުނު ބަޔާނެއްގައި އައިޖީއެމްއެޗުން ބުނެފައިވަނީ އެފަދަ މައްސަލައެއް ވިލިމާލޭ ހޮސްޕިޓަލުގައި ދިމާވެފައިވަނީ މި އަހަރުގެ މެއި މަހު ކަމަށެވެ.

އަދި އެމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހޮސްޕިޓަލުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ.) އިން އޭރު ތަޙުޤީޤުކޮށް މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު